ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުލްއަޒީޒް އަވަހާރަވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަވަހާރަވި އަބްދުއްއަޒީޒް އަބްދުﷲ--

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެެންބަރު އަބްދުލްއަޒީޒް އަބްދުﷲ އަވަހާރަވެއްޖެއެވެ.

Ads by STELCO

އުމުރުފުޅުން 81 އަހަރުގައި އަބްދުލް އަޒީޒް އަވަހާރަވީ މިއަދުއެވެ.

މިރޭ އިޝާ ނަމާދަށް ފަހު އަޒީޒްގެ ކަށުނަމާދު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަޒީޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ވެސް ވިދާޅުވެފައެވެ. އަދި އަޒީޒްއަށް މާތް ﷲ ރުއްސުން ލައްވައި ފާފަތައް ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް ވެސް ރައީސް ވަނީ ދުޢާ ދަންނަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން އަތޮޅުވެރިކަން ވެސް ކުރައްވައި ދައުލަތަށް 45 އަހަރު ހިދުމަތް ކުރެއްވި އަޒީޒަށް ވަނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!