ލައިސަންސް ނެތި ހިޖާމާއާއި ދިވެހި ބޭހުގެ ހިދުމަތް ދޭތީ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

ލައިސަންސް ނެތި ހިޖާމާއާއި ދިވެހި ބޭހުގެ ހިދުމަތް ދޭތީ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.
ހެެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭން ވާނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު
ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީކޮށ،ް އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ކަމަށެވެ.
އެހެންކަމުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ރާއްޖޭ ގައި ދޭންވާނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަށް ފަހުކަމޔގައި ވެސް ބުނެފައިވެ އެވެ.
އެހެން ނަމަވެސް އެ ގާނޫނާ ހިލާފަށް މިހާރަކަށް އައިސް އޯލްޓަނޭޓިވް ބޭސްފަރުވާގެ ހިދުމަތް ހާއްސަކޮށް ދިވެހި ބޭހާއި ހިޖާމާގެ ހިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ރަޖިސްޓަރީނުކޮށ،ް އަދި ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ރާއްޖޭގައި ދިނުމަކީ ކުށެއް ކަމުގައިވާތީއާއެކު އެފަދަ ފަރާތްތަކާ މެދު ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.