ޚަބަރު

ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހާމަކުރީ ވަނަވަރުވެސް އެނގޭ ގޮތަށް: ފުލުހުން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޓެލެގްރާމް--

ޓެލެގްރާމް ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހާމަކުރީ ވަނަވަރުވެސް އެނގޭ ގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.

Ads by Hajj Corporation

ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުކުރަމުންދާ ގިނަ އަދަދެއްގެ ޓެލެގްރާމް ޗެނަލްތަކެއް ހިންގަމުންދާކަން ފުލުހުން ހާމަކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ ސީޒްކުރި 571 ޗެނެލްގެ ތެރެއިން 43 ޗެނަލެއް ހާއްސަކޮށްފައިވަނީ ކުޑަކުދިންނާ ގުޅޭ މަންޒަރުތަކާ ވީޑިއޯތަކަށް ކަމަށެވެ.

ހަމަ އެހެންމެ ކުޑަކުދިންގެ ނަމުގައި ވަކިވަކި ޗެނަލްތައް ހަދާ ބައެއް ކުދިންގެ ވަނަވަރުވެސް ޕޯސްޓުތަކުގައި ހިމަނާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެ ޗެނަލްތަކުގައި ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ އެތައް ހާސް ވީޑިއޯއާއި ފޮޓޯތައް ޕޯސްޓުކޮށްފައިވާ ކަަމަށް އައްބާސް ވިދާޅުވި އެވެ.

"'މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 18 އަަހަރުން ދަށުގެ ކުޑަކުދިން ހިމެނޭހެން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނާނެ ގޮތަށް ގިނަ އަދަދެއްގެ ޗައިލްޑް ސެކްޝުއަލް އެބިއުސިވް މެޓީރިއަލް ޕޯސްޓުކޮށްފައިވާކަން  އެނގިފައިވާ" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސީޒްކުރި 571 ޗެނަލްއަށް 36،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

ބަރަހަނާ މަންޒަރުތައް ލީކުކުރާ ޓެލެގްރާމްތައް ހިންގާ މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ  އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. ކާށިދޫ، ސިލިންކޯ، އިސްމާއިލް ރަބީހު (29އ) އަދި ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!