Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައްކާތެރި ނޫން ތަންތަނުގައި ގަވައިދާ ހިލާފަށް އުޅޭ 18 ބިދޭސީއަކު އަތުލައިގެންފި

ރައްކާތެރި ނޫން ތަންތަނުގައި ގަވައިދާ ހިލާފަށް އުޅޭ 18 ބިދޭސީއަކު އަތުލައިގެންފި

ރައްކާތެރި ނޫން ތަންތަނުގައި ގަވައިދާ ހިލާފަށް އުޅޭ 18 ބިދޭސީއަކު އަތުލައިގެންފި އެވެ.

ގަވައިދާ ހިލާފަށް ތޮއްޖެހިގެން  ބިދޭސީން ދިރިއޫޅޭ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި އެފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ އޮޕަރޭޝަންގެ ފުރަތަމަ ދުވަހުވެސް ތިން ގެއެއް ބަލައި 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައެވެ.

Advertisement
Ooredoo — Square (box)

އިމިގްރޭޝަންއިން މިއަދު ބުނީ އިއްޔެ ވެސް އެފަދަ އޮޕަރޭޝަނެއް ހިންގައި މާލޭގެ އަށް ގެއެއް ބަލައި 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މާލޭގެ ކުޑަ ތަންތަންކޮޅުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެ އެވެ. ދިރިއުޅެން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން ހާލަތުގައި ހުންނަ އެ ތަންތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައި ވެއެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު ރޯވި ހ. ދޫހިމެރިގޭގައި ވެސް 50 ބިދޭސީން ދިރިއުޅެމުން ދިޔަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް