ބޮލީވުޑް މުނިފޫހިފިލުވުން

ވިހެއި ފަހުން ލީޑް ރޯލެއް ނުލިބޭ: ރުބީނާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިންޑިއާގެ ޓީވީ އެކްޓްރެސް ރުބީނާ

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލައިކް ދާދި ފަހުން ވިހާފައިވާއިރު، ވިހެއި ފަހުން އޭނާއަށް ލީޑް ރޯލު އޮފާ ކުރުން ހުއްޓިއްޖެ ކަމަށް ބުނެފި އެވެ.

Ads by Hajj Corporation

ރުބީނާ އަކީ "ޗޯޓީ ބަހޫ"، "ޝަކްތު"، "ޕުނަރް ވިވާހް" ފަދަ ޓީވީ ސީރީޒްތަކުން މަގްބޫލުކަން ހޯދި މީހެކެވެ. މީގެ އިތުރުން "ބިގްބޮސް" 14 ވަނަ ސީޒަންވެސް އޭނާ ކާމިޔާބު ކުރި އެވެ.

އުމުރުން 18 އަހަރުގައި އެކްޓު ކުރަން ފެށި ރޫބީނާ ދާއިރާގައި މަސައްކަތް ކުރާތާ 10 އަހަރު ވެއްޖެ އެވެ. އޭނާ ބުނި ގޮތުގައި އަބިނަވް ޝުކްލާ އާއި ކައިވެނީގެ ގޮތުން ގުޅުނު ފަހުން އެކްޓިން ކެއިއަރަށް ވަރަށް ބޮޑަށް ބަދަލު އައި ކަމަށެވެ. އެކަމަކު އޭރު ލީޑް ރޯލު ލިބޭކަމަށް ބުންޏެވެ.

ރުބީނާގެ ދެމަފިރިންނަށް ލިބުނީ އެއް މާބަނޑު ދެ އަންހެން ކުދިންނެވެ. ވިހައިގެން ކުޑަ ދުވަސްކޮޅަކު މަސައްކަތާއި ދުރުގައި ރުބީނާ ހުއްޓެވެ..

އޭނާ ބުނި ގޮތުގައި އަނބުރާ އެކްޓިންއަށް ނިކުންނަން ބެލިއިރު ލިބެނީ "ބާބީ" ނުވަތަ ލީޑް ބަތަލާގެ ބޭބެގެ އަންހެނުންގެ ރޯލު ކުޅޭށެވެ. ލީޑް ރޯލު ލިބުން ހުއްޓިއްޖެ ކަމަށް ރުބީނާ ބުންޏެވެ.

ރުބީނާ ބުނާ ގޮތުގައި ފިރިހެނަކު ކިތަންމެ ގިނަ ދަރިން ހޯދައި އުމުރުން ކިތަންމެ ދޮށީ ވިޔަސް އެމީހުންނަށް ލީޑް ރޯލު ކުޅެން ލިބޭ ކަމަށެވެ. އެކަމަކު މި ތަފާތު ކުރުން އަންހެނުންނާއިމެދު ގެންގުޅޭތީ ރުބީނާ ކަންބޮޑުވި އެވެ.

އޭނާ ބުނި ގޮތުގައި ޕްރޮޑިއުސަރުން މިހާރު ބުނަނީ 10 އަހަރު މަސައްކަތް ކުރެވުނީމައި ލީޑް ރޯލު އާ ކުދިންނަށް ދޭންޖެހޭ ކަމަށެވެ.

ބިގްބޮސްގެ އިތުރުންވެސް ބައެއް ރިއަލިޓީ ޝޯތަކުގައި ރުބީނާ ބައިވެރިވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!