ޚަބަރު

ހުޅުމާލޭ މަގުތަކުގަ ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނަގަން ފަށަނީ

އަލީ ސަމާޙް ، ދެން އޮންލައިން

ހުޅުމާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދައް ނެގުމަށް ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ފުލުހުންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ މަސައްކަތުގެ ތެރެއިން ނަގާނީ ގޯޅިތަކުގައި ގަވާއިދާ ހިލާފަށް، ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ކަމަށެވެ. އެގޮތަށް ނެގޭ އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި އެކު ޓޯކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ފަށާފަ އެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ދާދި ފަހުން އެޗްޑީސީން ފަށާފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!