މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން ޕީއެންސީއަށް

ހއ. މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ގޮނޑި ޕީއެންސީން ނަގައިފި އެވެ.
މާރަންދޫ ކައުންސިލުގެ ގޮނޑިއެއް ހުސްވީ ކުރިން ނާއިބު ރައީސްގެ މަގާމު ފުރުއްވަމުން ދިޔަ އަހުމަދު ރަމީޒް މީގެ މަހެއްހާ ދުވަސްކުރިން ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ނެވެ،
އެ ދާއިރާގެ ބައި އިލެކްޝަންއަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލީ އެމްޑީޕީ އާއި ޕީއެންސީގެ ކެނޑިޑޭޓުން އެކަންޏެވެ.
އެއީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަބްދުލް ހަމީދު އަބްދުއް ސަައްތާރާއި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޝިހާމް މުހައްމަދު އެވެ.
ހަމީދު އިންތިހާބު ކާމިޔާބު ކުރެއްވީ 285 ވޯޓުން ނެވެ. އަދި ޝިހާމްއަށް ލިބިވަޑައިގެންނެވީ 250 ވޯޓެވެ.
މިއަދުގެ އިންތިހާބުގައި 76 ޕަސެންޓް މީހުން ވޯޓުލާފައި ވެއެވެ.