ޚަބަރު

ބިރުކަނޑާލާފައި އުޅުނު ބިދޭސީން ގާނޫނު ތަންފީޒު ކުރަން ފެށީމާ މިހާރު ޖެހިލުންވޭ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
"ދެން" ގެ ހަވާސާއިން ބޭރު ޕްރޮގްރާމްގައި ޝަމްއާން ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

ގާނޫނު ތަންފީޒުކުރަން ފެށުމުން ބިދޭސީން ޖެހިލުންވާ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޝަމްއާން މިފަދައިން ވިދާޅުވީ "ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރޭތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޝަމްއާން ވިދާޅުވީ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފެށުމުން މިއޮށް ހުރިހާ ދުވަހު ވޯކްޕާމިޓް ފީ ފަދަ ފީތައް ނުދައްކާ ހުރި މީހުން ފީތައް ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ދައުލަތަށް ދައްކަން ހުރި ފައިސާ މިހާރު ވަރަށް ގިނަ ފަރާތްތަކުން ދައްކަމުންދާ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ ކުރީގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން މިހާރު ގަވާއިދުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށެވެ. އަދި މި ހުރިހާ ދުވަހަކު އެ މީހުން އުޅެމުންދިޔައީ އެ މީހަކާ އެ މީހަކުގެ އުސޫލުން ކަމަށް ޝަމްއާން ވިދާޅުވި އެވެ.

އަޅުގަނޑު ބައެއް ދުވަސް ދުވަހު ދާން ސްޓާ ކްލައުޓް ބިލްޑިންގައި އޮންނަ އޮފީހަށް. އެތާ ތިރީގައި އިންނާނީ ޑޮލަރު މާރުކުރާ އޭޓީއެމް. އަޅުގަނޑު ޔުނީފޯމުގައި ހުއްޓާ އައިސްފައި ބިދޭސީން އަޅުގަނޑުގެ ގައިގާ ކޮށްޓާލާފައި އެބަ ސުވާލުކޮށްލާ ބޭބޭ ޑޮލަރު މާރުކުރާނަންހޭ. މީ އަޅުގަނޑާ ކުރާ ސުވާލު. އަދި ޔުނިޕޯމުގައި ހުއްޓާ

ޝަމްއާން ވިދާޅުވީ އޭރު އެއްވެސް ބިރެއް ނެތި ރާއްޖޭގައި އެ މީހަކު ބޭނުން ގޮތަކަށް އުޅެމުންދިޔަ މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. އަދި މިއަދު އެގޮތަށް ބިދޭސީންނަށް އުޅެން ނުކުރޭނެ ކަމުގެ ޔަގީންކަން ޝަމްއާން ދެއްވި އެވެ.

ޝަމްއާން ވިދާޅުވީ ގާނޫނު ތަންފީޒުކުރަން ފެށީމާ ބަޔަކު ޖެހިލުންވާ ކަމަށާއި އިންސްޕެކްޓް ކުރަންދާއިރަށް ދުވެ ފިލަން ފަށައިފި ކަމަށެވެ.

"އޭގެން އެބަ އިނގޭ ބަޔަކު އެބަ އުޅޭކަން މިހެން ޖެހިލުން ތަކެއް ވާކަން އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުން މިހާރު ގާނޫނު ތަންފީޒު ކުރެވެން ފެށުނީމާ ބިދޭސީން ޖެހިލުންވޭ އިމިގްރޭޝަން ދެކެ. އަދި ފުލުހުން ދެކެވެސް." ޝަމްއާން ވިދާޅުވީ ރެއިޑްތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ރެގިއުލަރައިޒްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ޝަމްއާން ވިދާޅުވީ އިމިގްރޭޝަނުން ރެއިޑްކޮށްގެން މީހަކު ނަގާ ހިސާބުން ރެގިއުލަރައިޒް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އޭގެ ކުރިން އެ ފުރުސަތު އޮންނާނެ ކަމަށާއި ރެއިޑްކޮށް, ޑިޓެންޝަން ސެންޓަރުތަކުގެ ތެރެއަށް ވަންނަ ފަހުން އެ މީހުންނަށް ފުރުސަތު ނުލިބޭނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17, 2024 އިން މި މަހު ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!