ދާއޫދު އޭސީޕީ ރޭންކަށް ޕްރޮމޯޓްކޮށްފި
ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރަކަށް މިއަދު ޕްރޮމޯޓްކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުގައި 28 އަހަރު ހޭދަކުރައްވާފައިވާ ދާއޫދަށް ޕްރޮމޯޝަން ހަވާލުކޮށްފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާ ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް ދާއޫދު އަދާކޮށްފައިވެ އެވެ. ދާއޫދަކީ ހުޅުމާލޭ ފޮލިސް ސްޓޭޝަން ހެޑްވެސްމެ އެވެ.
ފުލުހުންގެ އޭސީޕީގެ މަގާމަކީ އެ މުއައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާ އެވެ.
ދާއޫދު، އޭސީޕީގެ މަގާމަށް ޕްރޮމޯޓްކޮށްފައިވާއިރު ޖޫން މަހު ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން އާއި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވެސް އޭސީޕީ ރޭންކަށް ޕްރޮމޯޓްކޮށްފައިވެ އެވެ.
އަދިވެސް ތިމާގާމުތައް ނުދެވިގެން ދޯ މި އުޅެނީ. މީދެން ކޮން ކޮން މުނާސަބަތު ވަގުތެއް މީނައަށް ޕްރޮމޯޝަން ދޭން. މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. ފުލުހުންގެ ކޮންސްޓަބަލް ރޭންކްގަ ތިބި ސްޓާފުންނަށް ވުރެ ޢޭސީޕީން މިހާރު ގިނަ