ޚަބަރު

ދެ ގެއާއި ދެ ހޮޓާ ބަލާ ފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ދެ ގެއާއި ދެ ހޮޓާ ބަލާ ފާސްކޮށް މިދިޔަ ހޯމަ ދުވަހު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by MWSC

އިމިގްރޭޝަނުން ބުނީ އެތަންތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ކަމަށެވެ.

އިމިގްރޭޝަނުން މި ފަހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައި ވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ.

"ދެން" ހަވާސާއިން ބޭރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުވާނެ ކަމަށެވެ. އަދި ވަކި ގައުމެއް ނުބަލާ ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ޝަމްއާން ވަނީ ދެއްވާފަ އެވެ.

ޝަމްއާން ވިދާޅުވީ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފެށުމުން މިއޮށް ހުރިހާ ދުވަހު ވޯކްޕާމިޓް ފީ ފަދަ ފީތައް ނުދައްކާ ހުރި މީހުން ފީތައް ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ދައުލަތަށް ދައްކަން ހުރި ފައިސާ މިހާރު ވަރަށް ގިނަ ފަރާތްތަކުން ދައްކަމުންދާ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ ކުރީގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން މިހާރު ގަވާއިދުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށެވެ.

Ads by HDC