ޚަބަރު

ކުޅުދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މުހައްމަދު ސައިކަލު ބަހައްޓާފައިވާ ސަރަހައްދު/ ފޮޓޯ: ދެން އޮންލައިން

މިދިޔަ ބުދަ ދުވަހު ހެނދުނު ކުޅުދުއްފުށި ސިޓީގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު, އެ ސިޓީ, ޑެއިޒީފެހި, މުހައްމަދު ހަސަން (36އ) ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް މިއަދު ފޮނުވައިފި އެވެ.

Ads by MWSC

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ލަސްވާން ދިމާވި މައިގަނޑު ސަަބަބަކީ އިންޑިއާގެ ބަންދު ދުވަސްތަކެއް ދިމާވުމުން ކަމަށެވެ.

އެހެންވެ ޕޯސްޓްމޯޓަމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ލަސްވިކަމަށް ވިދާޅުވި އެވެ.

"މިއަދު ފުރީ އަޅުގަނޑަށް ހީވާ ގޮތުން 22 ވަނަ ދުވަހާ ހިސާބަށް އަޅުގަނޑުމެންނަށް އަނބުރާ ބޮޑީ (މުހައްމަދުގެ ހަށިގަނޑު) އޮޓޮޕްސީފަހު މި ކޮޅަށް ގެނެވޭނީ"

މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމައި މާލެ ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ އެވެ.

މުހައްމަދުގެ ހަށިގަނޑުގައި ބޭރުފުށަށް އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދިނެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

ކުޅުދުއްފުށީ އުތުރުފަރާތު ބަނދަރުގެ ފަޅުތެރޭގައި މުހައްމަދު މަރުވެފައި އޮއްވާ ފެނުނުއިރު އެއްގަމުގައި ގާތްގަނޑަކަށް 50 ފޫޓު ދުރުގައި އޭނާ ދުއްވާ ޒޫމާ ސައިކަލުވެސް އިނެވެ. އަދި އޭނާ މޫދަށް ފޭބީ ދޯންޏެއްގެ ފެހި ކަހަންވެގެން ކަމަށް މަންޒަރު ދުށް މީހުން "ދެން" އަށް ކިޔައިދީފައިވެ އެވެ.

Ads by HDC
  1. ޢެކުވެރި

    ކޯސް އޮފްޑެތް ޑްރައުނިންގް ، އޮޓޮޕްސީ ހެދީމަ ނަތީޖާ އަކީ މީ ، ބޭކާރު