ޚަބަރު

ސަރުކާރު ކުންފުނިތަކުގެ ފިނޭންސް ޑިރެކްޓަރުންގެ ޕޫލަށް 48 ބޭފުޅުން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކޯޕަރޭޝަންތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް އެކުލަވާލަން ނިންމި ފިނޭންސް ޑިރެކްޓަރުންގެ ޕޫލަށް 48 ބޭފުޅަކު ހިމަނައި، އެ ޕޫލް އެކުލަވާލާފައިފި އެވެ.

Ads by STELCO

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އެ ޕޫލުގައި ތިއްބަވާ ބޭފުޅުންގެ ވަނަވަރު ހާމަކޮށްފަ އެވެ.

  1. މުހައްމަދު ޒައީމް، އާބުރުޒީގެ، ސ. ފޭދޫ
  2. އަބްދުﷲ ޝާހިދު، ފިނިފަރު، ރ. މަޑުއްވަރީ
  3. ޝަމްހީދު އަލީ، ކާޕެންޓްރީ، ސ. ހުޅުދޫ
  4. އަލީ ޝަރީފް، އޯކިޑުމާގެ، ސ. ހިތަދޫ
  5. އައިޝަތު ޝިޒުނާ، ކަށިކެޔޮމާގެ، ގދ. ގައްދޫ
  6. އަލީ އިރުފާން، ހުޅުމާލެ ލޮޓް ނަންބަރު 11174
  7. އަހުމަދު އަސްލަމް، ހަވީރީހިޔާ، ރ. އިނގުރައިދޫ
  8. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު
  9. އަހުމަދު ޝިފާއު، ގަލޮޅު ލިޓޮނިޔާ، ކ. މާލެ
  10. ފާތިމަތު ލީނާ، ހެންވޭރު ޕްރެޓީ ވިލާ، ކ. މާލެ
  11. މުހައްމަދު ޝިފާއު އިބްރާހީމް، މާކޯނީ، ޅ. ކުރެންދޫ
  12. ހައްވާ ސަފްނާ، ހެންވޭރު ވައިފިލާގެ، ކ. މާލެ
  13. އިބާދާ އިބްރާހީމް، ލޭޒާ، ޅ. ހިންނަވަރު
  14. މުހައްމަދު ހަމީދު، ހުޅުމާލެ ހިޔާ 6-04-06
  15. އަހުމަދު އަލީ، މައްޗަންގޯޅި ވޭސައިޑް 805، ކ. މާލެ
  16. އިބްރާހީމް ޝަބީން، މާފަންނު މޫންބީމް، ކ. މާލެ
  17. އަބްދުﷲ އިމްރާން، މާލަމް، ރ. ހުޅުދުއްފާރު
  18. ފާތިމަތު ސަލާހާ، ނިއު ސްޓާ، ހއ. ފިއްލަދޫ
  19. ޔާސީން ހުސައިން، ހިޔާ 8-01-04, ހުޅުމާލެ
  20. އަހުމަދު ސަލާހު، ގަލޮޅު ވާނީގެ، ކ. މާލެ
  21. މުހައްމަދު ހަމްދާން ފަހުމީ، އުފުޤު، ސ. ހިތަދޫ
  22. ހަމްދުﷲ ހުސައިން، ބަގީޗާގެ، ބ. އޭދަފުށި
  23. އައިމިނަތު ސަނާ، ވާރޭވިލާ، ރ. ދުވާފަރު
  24. އައިޝަތު ފަޒީނާ، ބިލަތްމާގެ، ގދ. ގައްދޫ
  25. ނޫހު އިބްރާހީމް ދީދީ، ގުލްދަސްތާގެ، ގއ. ދެއްވަދޫ
  26. ސަތުވަތު ފާއިޒު، ވިނަރެސް ޓަވަރު 6A1103، ހުޅުމާލެ
  27. އިސްމާއީލް ހަމީދު، އިތާ R18-04، ހުޅުމާލެ
  28. މުޖާހިދު މުހައްމަދު، މާފަންނު ތާޖު، ކ. މާލެ
  29. ނަސީރާ މޫސާ، މާލެ ދަފްތަރު ނަންބަރު RS2091
  30. ޚަދީޖާ ދަހާއު އަބްދުﷲ، އަދަން، ޅ. ނައިފަރު
  31. ހުސައިން ސަފުއަތު، މާފަންނު ޝޭޑީ ރީޖަން، ކ. މާލެ
  32. ސަވާދު އާދަމް، ނަސްރު، ތ. ތިމަރަފުށި
  33. ފާތިހު ޒާހިރު، ގަލޮޅު ގޯލްޑަން ސްޓާ، ކ. މާލެ
  34. ފާތިމަތު ޝިފާ، ހުޅުމާލެ ފްލެޓް 12-G-07
  35. އާމިނަތު ޒިޔާދާ، ސީނުގެ، ތ. ކިނބިދޫ
  36. އަހުމަދު ޖުރާޒު އާމިރު، ހުޅުމާލެ ފްލެޓް 154-1-01
  37. މަރިޔަމް ނަޒާހާ، މާފަންނު ލުނާވާ، ކ. މާލެ
  38. ޝަމޫން އާދަމް، އެތުމާގެ، ގއ. ގެމަނަފުށި
  39. ހަސަން އަކުރަމް މުހައްމަދު، ގަލޮޅު ސްވީޓް މީޑޯ، ކ. މާލެ
  40. މުހައްމަދު ނިބްރަސް އަހުމަދު، މާފަންނު ކަގި، ކ. މާލެ
  41. އަލީ މުރާދު، އުންމީދު، ހއ. ކެލާ
  42. މަރިޔަމް އީނާސް ސިނާން، މައްޗަންގޯޅި ކަބީލާގެ 3B، ކ. މާލެ
  43. ރަހީލް ނިޒާރު، ހިރިޔާ، ހދ. މަކުނުދޫ
  44. ހިޝާމް މުހައްމަދު، މާފަންނު ގޯލްޑަން ލައިޓު، ކ. މާލެ
  45. ޝަކީބު ހުސައިން، މައްޗަންގޯޅި އަޅިވިލާ ތިންވަނަ ފަންގިފިލާ، ކ. މާލެ
  46. ޒަހާ ޒާހިރު، ރޯސް މާރީ، ސ. ހިތަދޫ
  47. މުހައްމަދު އައުޖު، އާތު، ނ. ހޮޅުދޫ
  48. މުހައްމަދު ނުހާދު ހަސަން، ހަޒާރު، ޏ. ފުވައްމުލައް

ކުންފުނިތަކުގެ އެކައުންޓިން އަދި ފައިނޭންސް ޑިރެކްޓަރުންގެ ޕޫލަށް އައްޔަންކުރާ މީހުނަށް މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލުތައް ބަލަހައްޓާ، ރިސްކު މެނޭޖުމަންޓު ބެލެހެއްޓުމުގެ ޒިންމާ އޮންނާނެ އެވެ. މާލީގޮތުން ކުންފުނި ފުދުންތެރި ކުރުވުމަށް އިރުޝާދު ދެވޭ ފަދަ ފަންނީ ފަރާތްތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

އެ ޕޫލް އެކުލަވާލާ ނިމޭއިރު ހުރިހާ ކުންފުނިތަކެއްގެ ބޯޑުގައި އެކައުންޓިން އެންޑް ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތެއް ހިމެނޭކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ޕީސީބީން ބުންޏެވެ.

Ads by HDC