ޚަބަރު

ބިދޭސީންތަކެއްގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު ބަޔަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބިދޭސީންތަކެއްގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

ފުލުހުން ބުނީ އެކަން ހިނގާފައިވަނީ ރޭ ރަސްފަންނުގައި ކަަމަށެވެ.

އެގޮތުން އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރުނު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ފުލުހުން ފަހުން ވަނީ އެކަން ކުރި ދެ މީހުން ހައްޔަރުކޮށް ފައިސާތައް ވެސް ހޯދާފަ އެވެ.

އެ މައްސަަލައާ ގުޅިގެން ހައްޔަރުކުރި ސި. ހިތަދޫ/ އަތިރީގޭ އަހުމަދު ސިވާތު(37އ.)އާއި ސ. ހިތަދޫ/ ޑިލައިޓް ފޭސް، މުހައްމަދު ސާލިމް(37އ.) އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

އ

Ads by HDC
  1. އަމާން

    ކޮމެންޓް ޖެއްސަސް ނުޖެއްސަސް….ޙައްލަކީ ޢުމަރު……މަސްތުވާތަކެތި ރާއްޖެ އެތެރެ ކޮށް …….ދައުލަތުން ވައްކަންކޮށް ކޮންމެ ބަޔަކު ވެސް ފުލެޓް ގަނެ ….ދައުލަތުގެ ފައިސާ އެކި ގޮތްގޮތަށް ކަޅާ ކުރަނީ….އާދައިގެ މީހާގެ ދަރިއަށް ބޭރުން ކިޔަވަން ފުރުޞަތު ނުދީ ޑިޕްލޮމޭޓުގެ 18 އަހަރުގެ ދަރިއަށް އެފުރުޞަތު އޮއްސާލަނީ…..އިންސާފު ކޮބާ؟…..ދައުލަތުން ވައްކަން ކޮށްފި ނަމަ ޢުމަރު ބުނަނީ އޭނާގެ ވެރި ކަމެއްގައި އަތް ކަނޑާނެ ކަމަށް.ޑްރަގު ހުއްޓުވާނެ ކަމަށް…..އޭނާ އަށް ކެރޭނެ ….ކުރާނެ….އެހިތްވަރު ހުންނާނެ….އެކަން އޮތީ އޭނާގެ މިނިސްޓަރ ކަމުގައި ދައްކާފަ.