Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 12 ޖަހަން އުޅެނިކޮށް ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން ސީންއަށް ދިޔަ ކަމަށެވެ.

އަދި އާންމުންގެ އެހީތެރިކަމާއެކު އެ މީހާ ހައްޔަރުކޮށް ވެރި ފަރާތަށް ފޯނު ހަވާލުކުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement
Allied Insurance — Square (box)

އެ މައްސަލައާ ގުޅިގެން ހައްުޔަރުކުރީ ލ. މާމެންދޫ، ރިހިވެލި، އަހުމަދު ނިޒާރު (31އ) ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ރޭ ރަސް ފަންނުގައި ވެސް ވަނީ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ދެ ބިދޭސީއެއްގެ އަތުން ފައިސާތަކެއް ވެސް ފޭރިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް