ރާއްޖޭގައި ދުވާލަކު އެވްރެޖުކޮށް ޑޮކްޓަރަށް ދައްކާ ނިސްބަތް 9000އާ ކައިރީގައި

ރާއްޖޭގައި ދުވާލަކު އެވްރެޖުކޮށް 9000 ފަހަރު ޑޮކްޓަރަކަށް ދައްކާކަން ހާމަވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ މިދިޔަ އަހަރު ރާއްޖޭގައި ސިއްހީ ހިދުތްތައް ބޭނުންކުރި މިންވަރުގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ.
އެގޮތުން އެވްރެޖްކޮށް ދުވާލަކު 8722 ފަހަރު ޑޮކްޓަރަކަށް ދެއްކިއިރު ހަފްތާއަކު 61222 އަދި މަހަކު 265،298 ފަހަރު ޑޮކްޓަރަށް ދައްކާފައި ވެއެވެ
އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައި ވަނީ އަތޮޅުތަކުން ނެވެ.، އެއީ 55 ޕަސެންޓް އެވެ. ގްރޭޓާ މާލެއިން ޑޮކްޓަރަށް ދެއްކި ނިސްބަތަކީ 45 ޕަސެންޓް ފަހަރު އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރި ނަަމަވެސް ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ބިދޭސީންގެ ނިސްބަތަކީ އެންމެ ފަސް ޕަސެންޓް އެވެ.
ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައި ވަނީ ސަރުކާރުގެ ސިއްްހީ ހިދުމަތް ދޭ ތަންތަނަށެވެ. އެއީ 79 ޕަސެންޓް އެވެ. ޕްރައިވެޓް ތަންތަނަށް ދެއްކި ނިސްބަތަކީ 21 ޕަސެންޓް އެވެ.