އައްޑޫގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނި ގޮތުގައި އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އަނިޔާވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.