ޚަބަރު

ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދަނީ/ ފޮޓޯ: ސިޓީ ކައުންސިލު

މާލޭ ސިޓީގެ މަގުމަތީގައި ހުންނަ ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

Ads by STELCO

ހެނދުނު 8 ޖެހިއިރު އެ މަސައްކަތް ފަށާފައިވާއިރު ސިޓީ ކައުންސިލުން ބުނީ އުޅަނދުތައް ނައްތާލާނީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ފުލުހުން ގުޅިގެން ކަމަށެވެ.

ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ސަތުފާ "ދެން" އަށް ވިދާޅުވީ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އެ ހަރަކާތްކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސަތުފާ ވިދާޅުވި އެވެ.

ސަތުފާ ވިދާޅުވީ މިއަދު ކުރިއަށްދާ ހަރަކާތުގައި ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުތަކުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމެއް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ އުޅަނދުތައް ނައްތާލާފައިވެ އެވެ.

Ads by Allied Insurance