Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިޔާސީ ޕާޓީތަކުން ފަސޭހައިން ވަކިކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ސިޔާސީ ޕާޓީތަކުން ފަސޭހައިން ވަކިކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ސިޔާސީ ޕާޓީތަކުން ފަސޭހައިން ވަކިކުރެވޭ ގޮތަށް  ސިޔާސީ ޕާޓީތަކުގެ ގަވައިދު އިސްލާހުކޮށްފި އެވެ.

އިލެކްޝާން ކޮމިޝަންއިން ގެެޒެޓްކޮށް އަމަލުކުރަން ފެށި އާ އިސްލާހުގެ ދަށުން ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމ،ަ ލަސްވެގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ވަކިކޮށްނުދީފިނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުނ،ް އޭނާގެ ނަނ،ް ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެ ކަމަށް ބުނެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ "ދެން" އަށް ވިދާޅުވީ ގެނައި ބަދަލަކީ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން ވަކިވެވޭ ގޮތަށް ގަވާއިދު ބަދަލުކުރީ ކަމަށެވެ.

އަދި ޕާޓީއެއްގެ މެންބަރަކ،ު ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެނ،ް ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުނ،ް ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭން ވެސް ވާނެ ކަމަށް ވެސް ބުނެފައި ވެއެެވެ.

ސިޔާސީ ޕާޓީގެ ގަވައިދަށް ދެން ގެނައި އިސްލާހަކީ ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމުގައި އަމަލުކުރާނެ އާ އުސޫލެވެ. އެގޮތުން އެފަދަ ހާލަތެއްގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުނ،ް ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށ،ް ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަކޮށްދޭންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް