ޚަބަރު

މިނިސްޓަރު ބޭނުން ވަނީ ފްލައިޓްތަކުގައި ދިވެހި ކެއުން ހިމެނަން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިނިސްޓަރު ސައީދު - ފޮޓޯ: ދެން

ފްލައިޓްތަކުގައި ދިވެހި ކެއުން ހިމަނަން ބޭނުންވާ ކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފި އެވެ.

Ads by STELCO

ދަރުބާރުގޭގައި މިއަދު ފެށުނު ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ އެގްޒިބިޝަންގެ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަަކީ ޕްރިމިއަމް މަންޒިލަަކަށްވާ އިރު ވެސް ފްލައިޓްތަކުގެ މެނޫތަކުން ރާއްޖޭގެ ކެއުން ނުފެންނަ ކަމަށެވެ.

އެހެން ނަމަވެސް އެހެން ގައުމުތަކުގެ މެނޫ ފްލައިޓްތަކުން ފެންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ މާޔޫސްވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް މިއަދު ފެށި އެގްޒިބިޝަންގައި ބައިވެރިވެލެއްވި ޗެޕުންގެ އީޖާދީވަންތަކަމާއި އެކިއެކި ކޮލެބްރޭޝަންތަކާއެކު ފްލައިޓްތަކުގެ މެނޫގައި ދިވެހި ކެއުން ހިމަނަން އެއާލައިންގެ ކޭޓަރިން ޑިޕާޓްމަންޓްތަކަަށް ބާރުއަޅައި އެކަމަށް މަގުފަހިކުރެވިދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ވެސް ދިވެހި ކެއުން ނުދޭކަން ފާހަގަކޮށްލެވެ އެވެ.