Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސްކޭމްތަކުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފި 

ސްކޭމްތަކުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފި 
ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ، މިދިޔަ 8 މަސް ތެރޭގައި ފުލުހުން ހޯދައިފި އެވެ. އެކަން ހާމަކޮށްކޮށްފައިވަނީ ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު ޝިފާން "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ. ޝިފާން ވިދާޅުވީ ހިތާމައަކީ ގިނަ ބަޔަކު ސްކޭމަރުންގެ, ސްކޭމްގައި ޖެހުން ކަމަށެވެ. އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި މީހުންނަށް މެސެޖްކޮށް ގުޅައިގެންވެސް ބޮޑެތި އަދަދުތަކުން ފައިސާ ފޭރުމުގެ އަމަލުތައް ހިނގާފައިވެ އެވެ. އެކަމަށް ހޭލުންތެރިކުރުމަށް ފުލުހުންގެ އިތުރުން އެހެނިހެން އިދާރާތަކުންވެސް މަސައްކަތް ކުރި ނަމަވެސް ސްކޭމްތަކުގައި ޖެހޭ މީހުން އިތުރުކަން ފާހަގަވެ އެވެ.

މިދިޔަ އަހަރު އެފަދަ 1،661 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު އެފަދަ މައްސަލަތަކުގައި 20 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް, ދައުވާކޮށްފައިވެސް އެބަ ހުއްޓެވެ.

ސްކޭމް މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް ހުރި ހުރަސްތަކާ ގުޅިގެން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ފުލުހުން ދެއްކި ވާހަކަތަކާ ގުޅިގެން ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި ފައިސާ ހިފެހެއްޓޭނެ ބާރު ފުލުހުންނަށް ދޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް