Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ މާލޭ ސިޓީ ކައުންސިލް އިން ކުށްވެރިކޮށްފި

ރައީސް އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ މާލޭ ސިޓީ ކައުންސިލް އިން ކުށްވެރިކޮށްފި

ރައީސް އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ މާލޭ ސިޓީ ކައުންސިލް އިން ކުށްވެރިކޮށްފި އެވެ.

ރައީސް އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިނީ އެމަނިކުފާނު އދ. ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާ މަންޒަރު ފޭސްބުކްގައި ލައިވް ކުރަމުން ދިޔައިރު އަބްލޯ މިޔާދު ޔޫސުފް ނަަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ކޮމަންްޓެއްގަ އެވެ.

އެކަމާގުޅިގެން މާލޭ ސިޓީ ކައުންސިލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަަކުން ހޮވާފައިވާ ރައީސްއަކު އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ ބަލައި ނުގަނެވޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި އެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި ރަހުމްކުޑަ އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އެ އަމަލަކީ މުޖުތަމައުގެ ތެރޭގައި ނާމަންކަމާއި ބިރުވެރިކަން އުފެދޭ ފަދަ ޓެރަރިޒަމްގެ އަމަލެއް ކަަމަށް ވެސް ބުނެފައި ވެއެވެ.

އެހެންކަމުން ރައީސްއަށް އިންޒާރު ދިން މީހާ އަވަަހަށް ހޯދައި ގާނޫނުގައިވާ ގޮތުގެ މަތިން އެޅެން ހުރި ފިޔަވަޅުތައް އަޅައި އެފަދަ ކަންކަން ތަކުރާރުވެ ދިޔަ ނުދިނުމަށް މާލޭ ސިޓީ ކައުންސިލްއިން ގޮވާލި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް