Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަލިމީހާގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެފި

ބަލިމީހާގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެފި

ބަލިމީހާއަށް ހިދުމަތް ދޭއިރު މިހާރަށްވުރެ ރައްކާތެރިވުމަށް ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަންބަލުން ސާޖިދާ މުހައްމަދު ގޮވާލައިފި އެވެ.

ބައިނަލްއަގުވާމީ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ހާއްސަ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ފަސްޓް ލޭޑީ ވިދާޅުވީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ބަލި މީހާގެ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ބޭނުންވާ އުސޫލުތަކާއި، ޕްރޮސީޖާތައް އަދި މުޅި ސިއްހީ ނިޒާމް ހަރުދަނާ ކުރުމަކީ އެކަމަނާގެ އެދުމެއް ކަމަށެވެ.

“ހަމައެއާއެކު މުވައްޒަފުން ތަމްރީން ކުރުމާއި އަހުލުވެރި ކުރުމުގެ މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އެދުމެއް” އެކަމަނާ ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިއުމާއި، ވަސީލަތްތައް ތަނަވަސް ކުރުމަކީ ބަލި މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި އަލަށް ތައާރަފް ކުރެވުނު ސްޓެޓިޖިކް ޕްލޭން ތަންފީޒުކުރުމާއި، ބަލި މީހާގެ ބަލި އަވަހަށް ދެނެގަތުމުގެ އިންތިޒާމްތައް ރޭވުމާއި، ބޭނުންވާ ބޭސް ފަރުވާގެ ކަންކަން އަވަސް ކުރުމާއި އަދި ދާއިރާގެ މުވައްޒަފުން ރަނގަޅަށް ތަމްރީން ކުރެވިގެން ދިއުމަކީ ބަލި މީހާގެ ރައްކާތެރިކަން އިތުރަށް ޔަގީންވެގެން ދާނެ ކަމެއް ކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވި އެވެ.

”ސްޓެޓިޖިކް ޕްލޭން ތަންފީޒް ކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރި އެރުމެއް، ހެޔޮ ބަދަލެއް” އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސާޖިދާ ވިދާޅުވީ ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުޅި ސިއްހީ ނިޒާމުގައި ހަރަކާތްތެރިވާ އެންމެންގެ ޝާމިލުވާންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް، ކޮންމެ ވަގުތަކުވެސް މަސައްކަތް ކުރަންވާނީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން އެންމެނަށް އަނގައިދިނުމާއި އެކަމަށް ހޭލުންތެރި ކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށުނީ 2019 ވަނަ އަހަރު އެވެ.

މި އަހަރުގައި މި ދުވަހުގެ ޝިއާރަކީ "ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުން” މިއެވެ.

މިއަދު އައްޑޫގައި ކުރިއަށް ގެންދިޔަ ކޮންފަރެންސްއަކީ މި ފެންވަރުގައި މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ކޮންފަރެންސް އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް