Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"ހަމްދު" ދޯނީގައި ރޯވި އަލިފާންގަނޑު 8 ގަޑިއިރު ފަހުން ކޮންޓްރޯލް ކޮށްފި 

"ހަމްދު" ދޯނީގައި ރޯވި އަލިފާންގަނޑު 8 ގަޑިއިރު ފަހުން ކޮންޓްރޯލް ކޮށްފި 
ދ. ކުޑަހުވަދޫ ކައިރީގައި އޮއްވާ ރޯވި "ހަމްދު" ނަމަކަށް ކިޔާ ދޯނީގެ އަލިފާން ގަނޑު 8 ގަޑިއިރުފަހުން ކޮންޓްރޯލް ކޮށްފި އެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 6:30 ހާއިރު އެ ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ އެ ދޯންޏަކީ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށާއި އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 7:20 ހާއިރު ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"ހަމްދު" ދޯނީގައި ރޯވެފައިވާ އަލިފާން ނިންވާލުމަށް ދ. ކުޑަހުވަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންނަށް އެހީތެރިވުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން މިއަދު ހެނދުނު 11 ޖަހާއިރުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ދޯނިން ދަތުރުކުރަމުން ދިޔައީ 4 މީހުން ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެހެންނަމަވެސް ދޯނިވަރަށް ބޮޑަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް