ގަމުގައި ކުއްޖަކު ބަރަހަަނާކޮށް ވީޑިއޯއާއެކު ބްލެކްމެއިލް ކުރި މައްސަލައެއް

ދަރިވަރަކު ބަރަހަނާކޮށް, ބްލެކްމެއިލްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މިޑީއާގައި ދައުރުވަރުމުންދާ މެސެޖުތަކުން އެނގޭ ގޮތުން އެކަމެއް ހިނގާފައިވަނީ ލ. ގަމު އެވެ. ފޭސްބުކްގައި ދައުރުވަމުންދާ މެސެޖެއްގައި ބުނީ ހަމަދް ބިން ހަލީފާ އަލް ޘާނީ ގައި ކިޔަވަމުންދާ ދަރިވަރަކު ދިރިއުޅޭ ގެއަށް އެހެން ދަރިވަރަކު ވަދެ އެ ކުއްޖާ ރަހީނުކޮށްގެން އެހެން ތަނަކަށް ގެންގޮސް ބަރަހަނާކޮށްފައިވާ ކަމަށެވެ.
ރަހީނުކުރި ދަރިވަރަކީ އެ ސްކޫލު ޓީޗަރެއްގެ ދަރިފުޅު ކަމަށާއި ބަރަހާނަކުރުމަށް ފަހު އެ ކުއްޖާގެ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ސޯޝަލް މިޑިއާގައި ދައުރުވަމުން އަންނަ މެސެޖުގައިވެ އެވެ.
"...ދަނޑިބުރިއަކުން ތަޅައި (ދަރިވަރު) ވީޑިއޯ ކުރުމަށް ފަހު ރުފިޔާ ނުދީފިނަމަ ބްލެކްމެއިލްކޮށް އެ ފުރައިގެ ގިނަ ކުދިން ތިބި އިންސްޓަ ގްރޫޕަކަށް ވީޑިއޯލައި ދަރިފުޅަށް މަރުގެ އިންޒާރު ދިން" އެކަން ކޮށްފައިވަނީ ގްރޭޑް 9 އެއްގައި ކިޔަވާ ދަރިވަރެއް ކަމަށް ދައުރުވަމުންދާ މެސެޖުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. މިކަމުގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިފަހުން ކުއްޖަކަށް ބުލީ ކުރި މައްސަލައެއް ފެންމަތިވިއެވެ. އޭރު އާއްމުވި ވީޑިއޯގައި ފެންނަނީ މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ. އެ މައްސަލަ ފުލުހުން އޭރު ވަނީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާފަ އެވެ.