Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ހިނިތުންވުން – ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އެހެން ހަރުފަތަކަށް!

ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ހިނިތުންވުން – ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އެހެން ހަރުފަތަކަށް!

އިސްލާމީ ޝަރީޢަތުގައި ޙައްޖަކީ މުސްލިމް އަޅާ ޢުމުރުން އެއްފަހަރު، ކަނޑައެޅިގެންވާ ޚާއްޞަ ދުވަސްވަރެއްގައި، މާތްވެގެންވާ މައްކާގެ ގެފުޅަށް ޒިޔާރަތްކޮށް، އަޅުކަންކުރުން ﷲ އަށް ޚާލިޞްކޮށްގެންހުރެ ޚާއްޞަވެގެންވާ ވަކި ޢަމަލުތަކެއް ކުރުމަށް ކިޔާނަމެކެވެ.

އެގޮތުން ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުވުމަކީ ވާޖިބެކެވެ. އަދި ޙައްޖަކީ، މާތް ﷲ އިންސާނާ އަށް ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ އަޅުކަމެއްވެސް މެއެވެ. އެހެނީ ޙައްޖުވާ މީހުންނަކީ އެކަލާނގެ ރަޙްމަތްފުޅުން މާލީގޮތުން އެކަމަށް އެކަށޭނެ ތަނަވަސްކަމާއި އަޅުކަން އަދާކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގެ މަތީގައިވާ ބައެށް ކަމުގައި ވެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވެފައި، މިފަދަ މާތް އަޅުކަމެއް ވީހާވެސް ފަސޭހައިން ތަކުލީފު ކުޑަ ގޮތެއްގައި އަދާކުރެވޭނެ މަގު ފަހިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެހެންކަމުން، ދިވެހި ދައުލަތުގެ ފަރާތުން 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ ސައްތަ އިން ސައްތަ ޙިއްޞާވާ ކުންފުންޏެއް ވަނީ އުފައްދަވާފައެވެ.

Advertisement
Allied Insurance — Square (box)

ޙައްޖާއި ޢުމްރާއަށް ދާން ޤަސްދުކުރާ ފަރާތްތަކުގެ ފައިސާ އަމާނާތްތެރިކަމާއެކު ރައްކާތެރިކޮށްދިނުމާއި، ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި އަދި ލުއި ފަސޭހަގޮތެއްގައި ޙައްޖާއި ޢުމްރާއަށް ދިއުމުގެ މަގުފަހިކޮށްދިނުމުގެ އިތުރުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ޙައްޖާއި ޢުމްރާއަށްދާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ މި ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒެވެ.

އެގޮތުން ޙައްޖު އަދި ޢުމްރާގެ އަޅުކަމަށް އެދޭ ފަރާތްތަކަށް ފަސޭހައިން އެކަންކަމަށް ރަޖިސްޓަރީ ވުމާއި އަދި ލުއި ފަސޭހަ ގޮތްތަކަށް ފައިސާ ދެއްކޭނެ އެކިއެކި ޕެކޭޖް ތަކާއި އިންތިޒާމުތައް ކުންފުނީގެ ފަރާތުން އެކަށައެޅިފައިވާނެއެވެ. އަދި  އޭގެ އިތުރުން ވަޒީފާތަކުގައި އުޅުއްވާ ފަރާތްތަކަށް އެބޭފުޅުންގެ ވަޒީފާ އަދާ ކުރާ އިދާރާ އާއި މިކުންފުންޏާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުވައްޒަފުންގެ މުސާރައިން މަހުން މަހުން ޙައްޖަށް ދިއުމަށް ފައިސާ ޖަމާ ކުރެވޭގޮތަށް ހެދިފައިވާ އެސްޑީއެސް ސްކީމެއް ތަޢާރަފު ކުރެވި ދިވެހި އެތަށް ރައްޔިތުންނެއް އެ ލުއިފަސޭހަތައް މިހާތަނަށް ހޯދާ އަދި މިހާރުވެސް ލިބިގަންނަމުން ދެއެވެ. މިވަގުތު އެސްޑީއެސް ގައި އެތަށް ކުންފުންޏަކުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އެކު އެއްބަސްވުން ހަދާ ސޮއި ކޮށް މަހުން މަހަށް ފައިސާ ޖަމާ ކުރަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެންމެބޮޑު އިސްކަމެއްދެއްވާ އެއްކުންފުންޏަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް މިހާރު ނަގާ މިންވަރަށްވުރެ ކުޑަ ޢަދަދަކުން މިކަން ކުރެވޭނެ ގޮތް ހެދުމަށް ޙަވާލުކުރެވިފައިވާ މަސައްކަތްތައް މިހާރު ބާރު ސްޕީޑްގައި މިދަނީ ކުރެވެމުންނެވެ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެލަނޑުދަނޑިއަށް ވާޞިލްވެ ދިވެހި ޙައްޖު އަދި ޢުމްރާވެރިންނަށް އިތުރުހިނިތުންވުމާއި އުފާވެރިކަން ލިބޭނެ އިތުރު ލުއިގޮތްތައް ހައްދަވައި ދެއްވޭނެ ކަމީ ޙައްޖު ކޯޕަރޭޝަން ގެ މިހާރުގެ މެނޭޖްމަންޓު ޓީމަށް ކަށަވަރުކަމެކެވެ. އަދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތްތަކާއި ވަސީލަތްތައް ޙައްޖުވެރިންނަށް ފޯރުކޮށްދެވިފައިވުމީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން ހުރިހާ ދިވެހިން މިއަދު އުފާކުރާ ކަމެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމަކީ މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑްގެ އެޑްވޮކަސީ އޮފިސަރ، ސިވިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ޢަބްދުﷲ ޙަލީމާއި,  ސޭލްސް އެންޑް މާރކެޓިން. ޖުވައިދާ އިބްރާހީމްގެ ލިޔުމެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް