Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕާކިން އިމާރާތްތައް އަޅަން އެޗްޑީސީއާއެކު މިނިސްޓްރީއިން ސޮއިކޮށްފި 

ޕާކިން އިމާރާތްތައް އަޅަން އެޗްޑީސީއާއެކު މިނިސްޓްރީއިން ސޮއިކޮށްފި 

ހުޅުމާލޭގައި ޕާކިން އިމާރާތްތައް އަޅަން އެޗްޑީސީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި ހެނދުނު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން 'އެކްސް؛ ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3"> އެއީ</span> ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާލެ ސަރަހައްދުގެ ޕާކިންގެ ދަތިކަމަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ އިމާރާތްތައް ބޭނުންކުރަން ފެށުމުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށް އަމީން ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި މަގުތަކުގެ ތޮއްޖެހުން ހައްލުކުރުމަށް ރައީސް ދެއްވަވާ އިރުޝާދާއި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭގައި 15 ޕާކިން އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނުކުރި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް