ކުޅިވަރުގެ ދާއިރާއިން ސައުދީގެ އެހީ ހޯދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކުޅިވަރުގެ ދާއިރާއިން ސައުދި އަރަބިޔާގެ އެހީ ހޯދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއިކުރީ ސްޕޯޓްސް މިނިސްޓަރު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެވެ.
އެ އެމްއޯޔޫގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ސޮއިކުރެއްވިއިރު ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިިކުރެއްވީ، އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް އެވެ.
އެ އެމްއޯޔޫގެ ދަށުން ސައުދީގެ ކުޅިވަރާ ބެހޭ ބޮޑީތަކާއެކު ކޯޑިނޭޓްކުރުމުގެ އިތުރުން ކުޅިވަރާ ގުޅޭ އެކި ކަންކަމުގައި ސައުދީން އެއްބާރުލުން ދޭނެ އެވެ.
އޭގެ ތެރޭގައި ސްޕޯޓްސް މެޑިސިންއާއި މުބާރާތްތައް ބޭއްވުމާއި އެންޓި ޑޯޕިންއާ ގުޅޭ ކަންކަން ހިމެނެ އެވެ.