ޚަބަރު

އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު މީހުންގެ ބަންދަށް އިތުރު 15 ދުވަސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބިދޭސީންތަކެއްގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު ދެ މީހުން--

ބިދޭސީންތަކެއްގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު ދެ ދިވެހިންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

Ads by MWSC

ފުލުހުން ބުނީ  ސި. ހިތަދޫ/ އަތިރީގޭ އަހުމަދު ސިވާތު(37އ.)އާއި ސ. ހިތަދޫ/ ޑިލައިޓް ފޭސް، މުހައްމަދު ސާލިމް(37އ.)، މިދިޔަ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރީ ރަސްފަންނުގައި ފޭރުމުގެ އަމަލެއް ހިންގައިގެން ކަމަށެވެ.

އެގޮތުން އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ އެ ދެ މީހުން ފޭރުނު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ފުލުހުން ފަހުން ވަނީ އެކަން ކުރި ދެ މީހުން ހައްޔަރުކޮށް ފައިސާތައް ވެސް ހޯދާފަ އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ އެ މީހުން ބަންދުކުރީ 15 ދުވަހަށެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ވެސް ޖަހައިދީފަ އެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މީހުންގެ ވެސް ބަންދާއި ހައްޔަރުގެ ކުށުގެ ރެކޯޑް ގިނައެވެ،

Ads by HDC