ބުޅާ ފެސިލިޓީގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން ބަޔަކާ ހަވާލުކޮށްފި
 
                                                        ބުޅާ ފެސިލިޓީގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސެކިޔުރިޓީ ބަަލަހައްޓަން ހަވާލުކުރީ އޭޖޭ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.
އެއީ 24 ގަޑިއިރު ކަމަށް ވެސްސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
އެއް އަހަރު ދުވަހަށް އެ މަސައްކަތް ހަވާލުކުރީ 466,482.24 ރުފިޔާއަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ހުޅުމާލޭގެ ފޭސް ދޭއްގައި ބުޅާ ފެސިލިޓީ ތަރައްގީކުރަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާއި ކެޓް ޝޮޕެއް ވެސް ހިމެނޭހެންނެވެ.
އޭގެ އިތުރުން ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓުމަށްވެސް ތަނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.
ބުޅާ ފެސިލިޓީއަށް ބޭނުންވާ ތަކެތި ހޯދަން މިދިޔަ މަހު ފަހުކޮޅު ވަނީ ރެޕިޑް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވެ އެވެ.
މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް ތަރައްގީކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
 
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
