Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭރުގައި އުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރާނަން: ހަލީލް

ބޭރުގައި އުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރާނަން: ހަލީލް
ދިވެހި ހާރިޖިއްޔާއާއި ބޭރު ގައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން، އެ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރާނެ ކަމުގެ ޔަގީން ކަން ފޮރިން މިނިސްޓަރު ޑރ. އަބްދު ﷲ ހަލީލް ދެއްވައިފި އެވެ. ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑަގަތުމަށްފަހު ރާއްޖެއިން ބޭރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އިންޑިއާއަށް ވަޑައިގެން ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކާގައި މިނިސްޓަރު ވިދާޅުވީ ދިވެހި ހާރިޖިއްޔާއި ބޭރު ގައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން އެ ގައުމެއްގައި ދިރިއުޅޭ ދިވެހިންނާ އޮންނަ ގުޅުންވެސް ބަދަހިކުރާނެ ކަމަށެވެ. ހަލީލް ވިދާޅުވީ ދިވެހިންނާއި ހާރިޖިއްޔާއި ދިވެހި އެމްބަސީތަކާއި މިހާރު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ބޭރުގަ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދޭން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށްވެސް ހަލީލް ފާހަގަކުރެއްވި އެވެ.
"ދިވެހި ރައްޔިތުން އުޅޭ ގައުމުތަކުގައި އެމްބަސީ ނުވަތަ ކޮންސުލާ ހިދުމަތަކީ ވީހާވެސް ފަސޭހައިން ލިބޭ ހިދުމަތަކަށް ހެދުމަށް ރައީސް ވަރަށް ބާރު އަޅުއްވާ. ހާއްސަކޮށް ރާއްޖެ ރިޕްރެޒެންޓުކުރާ އޮފީސްތަކަކީ ދިވެހިންނާ ވަރަށް ކައިރިން މަސައްކަތްކުރާ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހެދުމަށް ރައީސް ތަކުރާރުކޮށް ހަނދާންކޮށްދެއްވާ"
މީގެއިތުރުން ހަލީލް ވިދާޅުވީ ރައީސް ކުރައްވާ މަސައްކަތުން ނިއުދިއްލީގައި އުޅޭ ރައްޔިތުންނަށް ފަސޭހަކަމާއި ފާގަތިކަން ލިބޭނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަލީލް ވިދާޅުވީ ދިވެހިން ދިވެހި ސިފަތައް އިސްކުރުމާއި، އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ނަގަހައްޓަން ޖެހޭ ކަމަށެވެ. އިންޑިއާއަކީ ދިވެހިންނާއި ގާތްގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރައްވާ، މިނިސްޓަރު ވިދާޅުވީ ބޭސްފަރުވާއި ތައުލީމާއި ވިޔަފާރީގެ ގޮތުން އެގައުމާއެކު ބަދަހި ގުޅުމެއް އުފެދިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް