ޚަބަރު

އިހަވަންދޫ ކައުންސިލް މެންބަރު ރަހީނުކޮށް ފޭރުނު މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ހއ. އިހަވަންދޫ ކައުންސިލުގެ މެންބަރު އަހުމަދު ރިލުވާނު ރަހީނުކޮށް ފޭރުނު މައްސަލާގައި 3 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

Ads by Sosun Fihaara

ޕީީޖީން މިއަދު ބުނީ 3 މީހުންގެ މައްޗަށް ދައުވާކުރަން ކްރިނަލް ކޯޓަށް ހުށަހަޅާފައިވަނީ ހުސްވި އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި ދިލްބަހާރުމަގު މއ. މަސްފަން ގެ ކައިރީގައި ހުރި މީހަކަށް ގޮވައިގެން ގެއަކަށް ގެންގޮސް އޭނާ އަށް ވަޅިން ބިރު ދައްކާ އޮރިޔާންކޮށް, އަނިޔާކޮށް, އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފާކޮށް އަދި އޭނާގެ ކޭޝް ކާރޑް ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގާފައިވާ ކަމަށެވެ. 

އެ މައްސަލާގައި ދައުވާކޮށްފައިވަނީ:

  • ސ. ހިތަދޫ، ސޯމާ، ޝަފީގު އިބްރާހީމް, 35އ
  • މއ. މަސްފެން، މުހައްމަދު ރީހާން, 27އ
  • މއ. މަސްފެން، އާއިޝަތު, 43އ

އެ ތިން މީހުންގެ މައްޗަށް 3 ދައުވާއެއް ކުރުމަށް ހުށަހަޅާފައިވެ އެވެ. އެ ދައުވާތަކަކީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ކުށުގެ ދައުވާ އެވެ.

ރަހީނުކޮށް ފޭރުނު މައްސަލާގައި ކައުންސިލަރު ރިލުވާން ވިދާޅުވީ މަގުމަތީގައި ހުއްޓާ ގޭގެ ބޮކި ބަދަލުކޮށްދޭން އަންހެނަކު އޭނާ ގާތުގައި އެދުނު ކަމަށެވެ. އަދި އެއަށް ފަހު ގެއަށް ވައްދާ ރަހީނުކުރި ވާހަކަ ރިލުވާން ސޯޝަލް މިޑިއާގައި އާއްމުވި ވީޑިއޯ އެއްގައި ރިލުވާން ކިޔައިދީފައިވެ އެވެ. ވަޅިން ބިރު ދައްކާ, ކޭޝް ކާޑުގެ ޕިން ހޯދައިގެން ފައިސާ ނެގި ކަމަށް ވެސް ރިލުވާން ވިދާޅުވި އެވެ.

Ads by HDC
  1. ހުސެން

    ރިޟްވާނަށް އިންސާފު ލިބެން ވާނެ! ނާއިންސާފާ ބޭއިންސާފު އޮތް ޤައުމެއް މި ރާއްޖެމީ �