Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވައިގަދަވެ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ވޯކްވޭ ސަރަހައްދުގެ ފުރާޅު އެއްލާލައިފި

ވައިގަދަވެ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ވޯކްވޭ ސަރަހައްދުގެ ފުރާޅު އެއްލާލައިފި

ވައިގަދަވެ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ވޯކްވޭ ސަރަހައްދުގެ ފުރާޅު އެއްލާލައިފި އެވެ.

އެޗްޑީސީން ބުނީ އެ ފުރާޅު އެއްލާލީ މިއަދު މެންދުރުު ކަމަށެވެ.

އަދި މިހާރު އެ ވޯކްވޭ މަރާމާތުކުރުުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު އާދަޔާ ހިލާފަށް ވައިގަދަކަން ފާހަގަކޮށްލެވެ އެވެ.

މޫސުމާ ބެހޭ ރާއްޖޭގެ އިދާރާ މެޓް އޮފީހުން މިއަދު ބުނީ އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ވައި މަޑުނުވާނެ ކަމަށެވެ.

މެޓް އޮފީހުން މިއަދު ބުނެފައިވާގޮތުގައި ރޭ ފަތިހު ހުޅުލެއަށް ވަރަށް ގަދައަށް ވައި ޖެހުނެވެ.

އެގޮތުން ހުޅުލެއަށް ރޭ ފަތިހު އައި ވިލާގަނޑުގައި ވަނީ ގަޑިއަކު 58 މޭލުގެ ބާރުމިނުގައި ވައި ޖެހުނު ކަމަށާއި އަދި މިއަދު ހެނދުނު ވަނީ 61 މޭލަށް ވެސް ވައި ބާރުވި ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް