ޚަބަރު

އެކްޓިވް ކޭސްތައް 2000 އިން މައްޗަށް، ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު 200 އާ ގާތް ކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 2000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by Hajj Corporation

ކޮވިޑް-19 ގެ ތިން ވަނަ ރާޅެއް ރާއްޖެއަށް އަރާފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް 130 އަށް ވުރެ ގިނަ މީހުން އަންނަނީ އެވްރެޖުކޮށް ފައްސިވަމުންނެވެ. ފައްސިވަމުން އަންނަ މީހުންގެ އިތުރުވަމުން އަންނައިރު، ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާ ވަރަށް މީހުނަށް ބަލި ޖެހުމަކީ ސިއްހީ މާހިރުންގެ އަބަދުވެސް ކަންބޮޑުވުމެކެވެ.

ރާއްޖެއިން މިއަދުވެސް 138 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިވަގުތު 2،014 މީހަކަށް އަންނަނީ ކޮވިޑް ބަލިޖެހިގެން ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން 193 މީހުނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. މިއީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންގެ ރެކޯޑު އަދަދެކެވެ.

ރާއްޖެއިން މިހާތަނަށް 16،547 މީހަކަށް ބަލި ޖެހިފައިވާއިރު 14،472 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި 54 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން  މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!