ޚަބަރު

ސަރުކާރުން ކައުންސިލަށް އެއްބާރުލުން ދޭ: އާޒިމް

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދޭ ކަމަށް މާލެ މޭޔަރު, އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

އާޒިމް މިފަދައިން ވިދާޅުވީ "ލާމަރުކަޒީ ގުޅުން" ނަމުގައި އިދިކޮޅު އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށްގެންދިޔަ ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލަށް ދަތިވާ ކަމެއް މިވަގުތު ނެތް ކަމަށާއި ބުނާ ކަމެއްވެއްޖެނަމަ ކޮށްދޭ ކަމަށެވެ.

"އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމާ 15 ކޮންސަލްޓަންޓުން ނަގައިގެން ހަމަ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން އެތިބީވެސް. އެތަންތާ އެތިބީވެސް އެކަކު ނޫނީ. އެހެންމަ އަނެއް ގޮތަކަށް ދަތިކަމެއް އަޅުގަނޑަކަށް އަދި މިހާތަނަކަށް ނެތް."

އާޒިމް ވިދާޅުވީ މިހާރު އުނދަގޫ ކަންތައްތަކެއް އަންނަހެން ހީވާ ކަމަށެވެ.

ސިޓީ ކައުންސިލުން މިސްކިތާއި ސަހަރާގެ މަސައްކަތް ނިންމާލާފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އަންނަ މަހު ކެޓް ޝެލްޓާގެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ.

އޭގެ އިތުރުން މާލޭގެ ފެނުގެ މައްސަލަވެސް މިނިސްޓްރީތަކަށް ގޮސްގެން ވަރަށް ބޮޑުބައި ނިންމާލެވިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީ މޭޔަރަކަށްވުމުން ކަމެއް ނުކުރެވިއްޖެ ނަމަ ނިންމާނީ އެމްޑީޕީ "ޕެއިލް" ވީ ކަމަށް ކަމަށެވެ.

"އެންމެންނާވެސް ގުޅިގެން އެންމެންގެވެސް ބަސް އަހައިގެން ކުރިއަށް ދެވޭތޯ މި ބަލަނީ"

އާޒިމްގެ ވާހަކައަށްފަހު ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާއަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ޓްވީޓާގައި އާޒިމްގެ ވާހަކަ ހިއްސާކުރާނަމަ އާޒިމްގެ ވާހަކާގައި ފާހަގަކުރެއްވި އެމްޑީޕީ ކޮންސަލްޓަންޓުންގެ ވާހަކަ އުނިކުރުމަށް އެދިވަޑައިގެންފަ އެވެ.

"ޝަތޫ ވީޑިއޯ ކޮޅުގައި ޓްވީޓްކުރައްވަންޏާ އެޑިޓްކޮށްލައްވަންޗޭ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނަށް ކޮންސަލްޓަންސީ ވަޒީފާ ދިން ތަންކޮޅު"

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!