ޚަބަރު

ފުންމާލައިގެން މަރުވީ ނަފްސާނީ ބައްޔަށް ބޭސްކުރަމުން ދިޔަ ކުއްޖެއް، ޖިންސީ ގޯނާއެއް ލިބިފައެއް ނެތް: ފުލުހުން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން

މާލޭގެ އިމާރާތެއްގެ މަތިން ފުންމާލައިގެން މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނު އަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ އަންހެނެއް ކަމަށާއި އޭނާއަށް ޖިންސީ ގޯނާއެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

Ads by Hajj Corporation

ވިފާގުގެ މަރާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާ އިރު ރާއްޖޭގެ ޗެނަލްއަކުން ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ.

އެގޮތުން ވިފާގުއަށް އޭނާގެ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ވެސް ބުނެފައި އެވެ.

އެހެން ނަމަވެސް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ބޭސްކުރާކަން މެޑިކަލް ޑޮކިއުމަންޓްތަކުން އެނގޭ ކަމަށެވެ.

އަދި ފަހުން އިނގިރޭސިވިލާތުގައި ކިޔަވަމުން ދިޔައިރު ވެސް ނަފްސާނީ ބައްޔަށް ތެރަޕީ ނަގަމުން ދިޔަ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

އަދި ފަހުން ވިފާގުގެ ނަފްސާނީ ހާލަތު ގޯސްވެގެން މާލެ ގެނައިފަހުން ބެލްކަނިން ފުއްމާލަން އުޅުމުން އައިޖީއެމްއެޗްގައި ފަރުވާ ވެސް ދިން ކަމަށް ޝިފާއު ވިދާޅުވި އެވެ.

ވިފާގު މަރުވީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ، މ. ހަސޯވާގެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ފުންމާލުމުން ނެވެ.

ފުލުހުން ބުނީ ވިފާގު މަރުވުމުގެ ކުރިން އޭނާގެ އާއިލާއާ ދެމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުމެއް ހިނގި ކަމަށާއި ނަމަވެސް އޭނާ މަރުވި ދުވަހު އެއްވެސް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ވިފާގުއަށް ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ވާހަކަތައް ޝިފާއު މިއަދު ވަނީ ދޮގުކޮށްފަ އެވެ. އަދި އޭނާ މަރުވީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގްގެ މެޑިކަލް ރެކޯޑުތަކުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ރިޕޯޓަކުން ވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ،" ޝިފާއު ވިދާޅުވި އެވެ.

Ads by Allied Insurance
  1. އަންހެން ކުއްޖެއް ތަ އެއީ