18th October 2024, Friday

ޚަބަރު

އާޓިފިޝަލް އިންޓެލިޖަންސްއާ ގުޅޭ މާސްޓަޕްލޭނެއް އެކުލަވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނިއުޔޯކްގެ ގޫގުލްގެ އޮފީހަށް ރައީސް މުއިއްޒު ޒިޔާރަތްކުރެއްވުން--

އާޓިފިޝަލް އިންޓެލިޖަންސްއާ ގުޅޭ މާސްޓަޕްލޭނެއް އެކުލަވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Ads by MWSC

ރައީސް އެ ނިންމުން ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގަ އެވެ.

މިއީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިގުތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތައް ހިމެނޭ ގޮތަށް ހަދާ މަސްޓާޕްލޭނެއް ކަަމަށް ރައީސް އޮފީޙުން މިއަދު ވަނީ ބުނެފަ އެވެ.

އެ މާސްޓާޕްލޭން އެކުލަވާލާނީ އޭއައި ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ރާއްޖޭގައި ޢަމަލުކުރާނެ ގާނޫނީ ފްރޭމްވަކާއި އެފަދަ  ކަންކަމުގައި ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތައްވެސް ބެލުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، އެކަމާ ގުޅޭ ކަރުދާސްތައް ހޯމް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.

Ads by Ooredoo