Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ވ. އަަތޮޅު ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ވ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މެންދުރު 11:29 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ވަކި ރިސޯޓެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ 63 އަހަރުގެ ބެލަރޫސްގެ ފިރިހެނެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް