Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރަ ކުޑަކުރަން އެދެނީ

މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރަ ކުޑަކުރަން އެދެނީ
މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން އެދެން ރައިީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިިފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި މިއަދު ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީއާއި އަދި ރައީސްއަކީ ވަކިވެފައިވާ ބާރުތަކެކެވެ. އެހެންވެ ޖުޑިޝަރީގެ ބޭފުޅުންގެ މުސާރައާއި މަޖިލީހުގެ މުސާރަ ކަނޑައެޅުމުގެ ބާރު ރައީސްއަށް ލިބިވަޑައެއް ނުގަންނަވަ އެވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 42،500 ރުފިޔާ އެވެ. އަދި ލިވިން  އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑަައިގަންނަވަ އެވެ. ހަރަދުކުކުރަން ރައީސް އަޅުއްވަން ނިންމަވާފައިވާ އިތުރު ފިޔަވަޅުތައް
  • ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
  • ކުންފުނިތަކުގެ ވެރީންނަށް މުސާރައިގެ ގޮތުގައި ދެން  އެންމެ ގިނަވެގެން 90،000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުން
  • މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް