ޚަބަރު

5.11 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފޮރިން މިނިސްޓަރު މޫސާ ޒަމީރު

5,119,508,129 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.

Ads by Sosun Fihaara

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުއްވައިދެއްވީ ފިނޭން މިނިސްޓަރު މޫސާ ޒަމީރެވެ.

ސަޕްލިމަންޓަރީ ބަޖެޓުގައި ހުށަހެޅި 5.11 ބިލިއަންގައި ހިމެނެނީ:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ

މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓް ބަޖެޓުގައިވާ ގޮތުން މި އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

މި މަހު 19 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވަނީ އެ ބަޖެޓް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބަޖެޓް ބާނީ 5 ބިލިއަން ރޭޖެންގެ ބަޖެޓަކަށް ކަމަށް ލަފާކުރައްވާ ޒަމީރު ވިދާޅުވީ 10 ބިލިއަނަށް ނުދާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!