ޓޫރިޒަމް ބޭނުމަށް ގއ. ވިލިނގިލިން 11 ބިމެއް ކުއްޔަށް ދޫކުރަނީ

ޓޫރިޒަމް ބޭނުމަށް ގއ. ވިލިނގިލިން 11 ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނުގައި ބުނެފައިވަނީ އެ ބިންތައް ދޫކުރަނީ ޓޫރިސްޓް ހޮޓާ, ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ތަރައްގީކޮށް ހިންގުމަށް ކަމަށެވެ.
އެ ކައުންސިލުން ވަނީ އެ ރަށުން ބިން ކުއްޔަށް ދޫކުރުމުގެ އުސޫލު ވެސް ގެޒެޓްކޮށްފަ އެވެ.
އެ ރަށުގެ ދެކުނު ފަރާތުން އިއުލާނުކުރި 11 ބިމާއި ބޮޑުމިން:
- 400 އަކަފޫޓުގެ ބިމެއް
- 607 އަކަފޫޓުގެ ބިމެއް
- 1234 އަކަފޫޓުގެ ބިމެއް
- 1670 އަކަފޫޓުގެ ބިމެއް
- 2701 އަކަފޫޓުގެ ބިމެއް
- 3647 އަކަފޫޓުގެ 6 ބިން






ކޮމެންޓް