Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަށި ވިއްކަން އުޅުނު 7 ބިދޭސީއަކު އަތުލައިގެންފި

ހަށި ވިއްކަން އުޅުނު 7 ބިދޭސީއަކު އަތުލައިގެންފި

ހަށި ވިއްކަން އުޅުނު ހަތް ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި އޮކްޓޫބަރު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގި ކަމަށެވެ.

އެގޮތުން އެފަދަ ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ހަތް އަންހެނަކު އަތުލައިގަތް ކަމަށް ވެސް ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް އެކްސް ގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ފަސް އަންހެނަކާއި އެއް ފިރިހެނަކު މިހާރު ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ގެންދާ ކަމަށެވެ.

އިމިގްރޭޝަނުން އަތުލައިގަތް މީހުންގެ ތެރޭގައި ބަންގްލަދޭޝް، ވިއެޓްނާމް އަދި އެފްރިކާގެ މީހުން ވެސް ހިމެެނެ އެވެ.

ރާއްޖޭގައި ހަށި ވިއްކުން ވަރަށް ފާޅުކޮށް ކުރަމުންދާ އިރު އެކަމަށް ހާއްސަކޮށް ބޭނުންކުރި ޓެލެގްރާމް އެކައުންޓްތަކެއް ވެސް ފުލުހުން އަތުލައިގެންފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް