Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތިޖޫރީއެއް ވަގަށް ނެގި މީހަކަށް ޖޫރިމަނާކޮށްފި

ތިޖޫރީއެއް ވަގަށް ނެގި މީހަކަށް ޖޫރިމަނާކޮށްފި

މާލޭ ފާމަސީއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވި މީހަކު 28،800 ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ ގދ ގައްދޫ، ފެތިރޯނުގެ، އަބްދުﷲ މުތުއިމް މުހައްމަދުގެ މައްޗަށެވެ.

ހުކުމް ގައި ބުނީ ޖޫން 4, 2020 ގެ 4:00 ހާއިރު އިތުރު ބަޔަކާއެކު އޯކިޑު މަގުގައި ހުންނަ ސެންޓްރަލް މެޑިކަލް ސެންޓަރުގެ ފާމަސީގެ ދޮރު ހަލާކުކޮށްގެން ވަދެ އެފާމަސީގެ ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމްގައި ބުނީ މުތުއިމްގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭނާ އަކީ ކުށުގެ ރިކޯޑް އޮންނަ މީހަކަށްވާތީވެ އެ ފުރުސަތު ދީފައެއް ނުވެ އެވެ. އެކަމަކު އޭނާ ވަނީ ޕީޖީއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.

ވައްކަން ކުރުމުގެ ކުށުގެ ދައުވާ މުތުއިމްގެ އިތުރުން ކ. މާލެ، ގ ތަލްވާރޭ، އަބްދުﷲ އަޒާންގެ އަށް އުފުލާފައިވީ ނަމަވެސް މުތުއިމް ކުށަަށް އިއުތިރާފްވެފައިވާތީ އަޒާންގެ މައްސަލަ ވަކި ގަޒިއްޔާއަކުން ކުރިއަށް ގެންދަން ގާޒީ އިބްރާހިމް ޒިހުނީ ކުރި ހުކުމްގައިވެ އެވެ.

އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތުން ޝަރީއަތުން މުތުއިމްގެ މައްޗަށް ވަނީ 28،800ރ ޖޫރިމަނާއެއް ދެއްކުމަށް އަމުރުކޮށްފަ އެވެ. އަމުރުކޮށްފައިވަނީ ކުރިއަށް އޮތް 4 މަސް ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް