Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުވައްމުލަކުގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އަންގާރަ ދުވަހު ނަގަން ފަށަނީ

ފުވައްމުލަކުގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އަންގާރަ ދުވަހު ނަގަން ފަށަނީ

ފުވައްމުލަކު ސިޓީގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އަންނަ އަންގާރަ ދުވަހު ނަގަން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން "އޮޕަރޭޝަން ކުރަނގީ"ގެ ނަމުގައި ކުރިއަށްދާ އޮޕަރޭޝަންގެ ދަށުން  ފަށާ މަސައްކަތެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްއިން މިއަދު ގެޒެޓުގައި ޝާއިއުކުރި ލިއުމެއްގައި ބުނީ އެ އޮޕަރޭޝަން މި މަހުގެ 20 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި އެ މުއްދަތުގައި  ފުވައްމުލައް ސިޓީގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެހެންކަމުން ފުވައްމުލަކުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން އެކަމުގައި ސަރުކާރަށާއި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދިނުމަަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 7000އެއްހާ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ނަގާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކުރީކޮޅު ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް