ޚަބަރު

ފަނޑިޔާރު ސުޖާއުއަށް އިންޒާރުދިން މީހާ ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ހައިކޯޓްގެ އިސް ފަނޑިޔާރު ސުޖާއު އުސްމާންއަށް މަރުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

ސުޖާއު އުސްމާންއަށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ އޭނާ ކ. މާފުއްޓަށް ކުރެއްވި ޗުއްޓީ ދަތުރެއްގައި އެ ރަށު ކޯޓުގެ މެޖިސްޓްރޭޓާ އެއްކޮށް ކެފޭއެއްގައި ކޮފީއެއް ބޯން އިންދާ އެތަނަަށް އައި މީހެކެވެ.

މި މައްސަލާގައި އިއްޔެ ހައްޔަރު ކޮށްފައި ވަނީ 50 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޒާރު ދިން މީހާ ދޫކޮށްލީ ވަކި ޝަރުތުތަކާއެކު ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ފަނޑިޔާރު ޝުޖާއު އުސްމާން ފުލުހުންނަށް ވެސް ހުށަހެޅުއްވި އެވެ. އަދި ހައި ކޯޓްގެ ފަރާތުން ވެސް އެކަން ފުލުހުންގެ ސަމާލުކަމަށް ގެނަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!