ޚަބަރު

ޕީއެންސީން ސިލްސިލާ ސައްލާ ފޯރަމްތަކެއް ފަށަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޕީއެންސީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ދެން

ސަރުކާރު ހިންގަ މައި ޕާޓީ ޕީއެންސީން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ސިލްސިލާ ސައްލާ ފޯރަމްތަކެއް ފަށަން ނިންމައިފި އެވެ.

Ads by MWSC

ޕީއެންސީގެ ރަސްމީ 'އެކްސް' އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިރޭ ބާއްވާ ފުރަތަމަ ފޯރަމްގެ މައުޝޫއަކީ 'ގެދޮރުވެރިކަމުގެ ބަޖެޓް 2025' ކަމަށެވެ.

ޕީއެންސީ ހަރުގޭގައި މިރޭ 9 ޖަހާއިރު ފަށާ އެ ފޯރަމް ގައި ބައިވެރިވެވަޑައިގަންނަވަނީ ފިނޭންސް މިނިސްޓްރީގެ ނައިބު އަހުމަދު ސާއިދު މުސްތަފާ އާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރޫ ފޯ ލީގަލް އެފެއާޒް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީމް އެވެ.

ޕީއެންސީން ގެދޮރުވެރިކަމުގެ ބަޖެޓުގެ ނަމުގައި ސައްލާ ފޯރަމެއް ފަށަން ނިންމާފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަަށް 'ބޯހިޔާވަހިކަމުގެ ބަޖެޓު' ގެ ނަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނަން ދެއްވާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އަންނަ އަހަރު ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިއަން ރުފިޔާ ހައުސިން މަޝްރޫއުތައް ހިންގަން ކަނޑައަޅާފައިވެ އެވެ.

އެ ބަޖެޓުގައި ގެދޮރު އިމާރާތް ކުރުމަށް 5 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި 2 ބިލިއަން ރުފިޔާ އާއި 4 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ފޯރުކޮށްދިނުމަށް ހިމަނައިފައިވެ އެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ ރާއްޖޭގެ އެކިއެކި ރަށްތަކަށް ބަހާލައިގެން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!