Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޒިއޯންމޮބައިލްސް ފިހާރައިން ވައްކަންކުރި މީހާ ހައްޔަރުކޮށްފި

ޒިއޯންމޮބައިލްސް ފިހާރައިން ވައްކަންކުރި މީހާ ހައްޔަރުކޮށްފި

މަޖީދީމަގު ހުންނަ 'ޒިއޯންމޮބައިލްސް 4' ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މި ފިހާރައިން ވައްކަންކުރިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނަމަވެސް އެމީހާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

Advertisement
Ooredoo — Square (box)

އެ ފިހާރައިން ވައްކަންކޮށްގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 5:35 ކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެކަކު ފިހާރަ ބިއްލޫރިގަނޑު ތަޅާލާފައި ދިއުމުން އެހެން މީހަކު އެތަނަށް ވަދެ، ވަތްގަނޑު ހާވައި ހަރުން ފޯނާއި އެހެނިހެން ތަކެތި ވަގަށް ނަގާ މަންޒަރެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް