ބަޖެޓުގައި ސިއްހީ ދާއިރާއަށް 8.3 ބިލިއަން، އޯގަން ޓްރާންސްޕްލާންޓު ހިދުމަތް ފެށުން ހިމެނޭ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިއްހީ ހިދުމަތުގެ ގޮތުގައި އޯގަން ޓްރާންސްޕްލާންޓްގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 56.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ސިއްހީ ހިދުމަތުގެ ގޮތުގައި ހިމަނާފައިވަނީ 8.3 ބިލިއަން ރުފިޔާ އެވެ.
ސިއްހީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ 8.3 ބިލިއަން:
- ބޭސްފަރުވާގެ އެހީއާއި ސިއްހީ އާލާތްތައް - 1.1 ބިލިއަން
- އައުޓްޕޭޝަންޓް ހިދުމަތް - 1.8 ބިލިއަން
- ހޮސްޕިޓަލުގެ ހިދުމަތް - 4.9 ބިލިއަން
- އާންމު ސިއްހީ ހިދުމަތް - 247.1 މިލިއަން
- ސިއްހީ ދާއިރާގެ ރިސާޗާއި ޑިވެލޮޕްމަންޓް - 8.0 މިލިއަން
- އެހެނިހެން ސިއްހަތު - 180.7 މިލިއަން






ކޮމެންޓް