Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކާރެއްގެ ތެރޭ މީހަކު ރަހީނުކުރި މައްސަލައެއް 

ކާރެއްގެ ތެރޭ މީހަކު ރަހީނުކުރި މައްސަލައެއް 

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ ދަފްތަރު ނަންބަރު ރސ 9022, ތޮލާލު މޫސާ (37 އ) ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ ހުޅުމާލެ, އޯކިޑުމާ ހިނގުމުގައި ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ބުނީ ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް, ހިފަހައްޓާ, އަނިޔާކޮށް, ބިރު ދައްކާ އަދި އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް