ކާމިޔާބު އަހަރެއް,،ވެރިންނަށް ކުރަން ނުކެރުނު އެތައް ކަމެއް 'ރައްޔިތުންގެ ވެރިޔާ" ކޮށްދީފި

ވެރިކަންތަކާއި ރަސްކަންތައް މާޒީވެ ގޮސްފި އެވެ. ޖުމްހޫރީ ވެރިކަމުގެ ނިޒާމު ފެށުނު ފަހުން ދައުރުތަކެއް ދިވެހިން ތަރުޖިބާކޮށްފި އެވެ. 2008 ވަނަ އަހަރު ވުޖޫދުވި ފެހި ގާނޫނުއަސާސީއަށް ފަހު 3 ދައުރަކާއި 4 ވެރިއެއްގެ ވެރިކަން ދިވެހިންނަށް ފެނިއްޖެ އެވެ. ދައުރުތައް ނިމި, އާ ދައުރުތަކަށް ވެރިން އިންތިހާބުވި ނަމަވެސް ނިމުމެއް ނާންނަނީ ރައްޔިތުންގެ ފޮނި އުންމީދުތަކެވެ. ކުލަ ނުވެ އޮތީ ރައްޔިތުންގެ ހުވަފެންތަކެވެ. ފުއްދައި ނުދެވި އޮންނަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކެވެ. ދައްކާ ވާހަކަފުޅުގައި އޮއްޓަރެއް ނެތި, ވާހަކަތައް ބިލާހަކަށްވުމުގެ ނަތީޖާއަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅަކަށް ކުރަމުން ދިޔަ އިތުބާރު ގެއްލުމެވެ. އެހެންނަމަވެސް މި ވެރިކަން ތަފާތެވެ. ތަފާތު ވެރިއެވެ.
ޖުމްހޫރީ ވެރިކަމުގެ އާ ބޮޅަކުން މިދިޔަ އަހަރު ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެނިވަޑައިގެންނެވީ ޖެހިލުން ކުޑަ ވެރިއެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތަކާއެކު ގައުމު އަމާން އޮމާން އައްސޭރިއަކަށް ގެންދިއުމަށް, ދިވެހިންނަށް "ދިވެހިންގެ ރާއްޖެ" އެއް ހޯދައިދިނުމުގެ އުންމީދުގައި ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅަށް އަހަރުވެގެން ދިޔައިރު, ހުވަފެންތަކުގައި ކުލަ ޖެހެމުންދާ މަންޒަރުތައް އެބަ ފެނެ އެވެ. ވެރިކަމަށް އަންނަ ބޭފުޅުން ދައްކަވާ ވާހަކަތައް ބިލާހަކަށް ނުވާނެ ކަމުގެ ފެހި ސިންގަލް ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.
ފާއިތުވެގެން ދިޔަ 366 ދުވަހަކީ ވެރިއެއްގެ ހައިސިއްޔަތުން ރައީސް މުއިއްޒަށް ގޮންޖެހުން ބޮޑު ދުވަސްތަކެކެވެ. ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން ބިލިއަން ބިލިއަނުން ދިވެހި ސަރުކާރުން ނެގި ލޯނުތަކާއި ވިއްކި ސުކޫކާއި ބަދަލުކުރި ކަރަންސީ އެއްބަސްވުންތަކާއި ޗާފުކުރި ފައިސާތަކުގެ ސަބަބުން މާލީ ގޮތުން ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރަން ގިނަ މަސައްކަތްކުރަން ޖެހުނެވެ. އާމްދަނީ އިތުރުކުރަމުން ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަޖުބޫރުކުރަނިވި އަހަރަކަށް މިދިޔަ އަހަރުވެގެން ދިޔަ އެވެ.
އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން[/caption]
އޭރު ގާނޫނު ބުނާ ގޮތުން އެއް ގައުމަކުން ދިވެހިރާއްޖެއަށް ގެނެވޭނީ 1 ލައްކަ މަސައްކަތްތެރިން ކަމަށްވާއިރު އެ އަދަދު ހަމަވި ކަމަށް ބުނެ އެ ގައުމުން އިތުރު މަސައްކަތްތެރިއެއް ނުގެނެވޭ ގޮތަށް ފާއިތުވި ސަރުކާރުން ނިންމި އެވެ. އެއީ ރައްޔިތުން އުންމީދުކުރި ހައްލެއް ނޫނެވެ. ނުގަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީންނަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ބޭނުންވި ނަމަވެސް އެ މައްސަލައަށް ހައްލު ހޯދުމުގެ ނަމުގައި ގަލޮޅު ފުޓުބޯޅަ ދަނޑަށް އެ މީހުން އެއްކޮށްގެން މައުލޫމާތު ނެގި ދުވަސް ވެސް މާޒީވެ ދިޔަ އެވެ. ނުފެނުނީ ނަތީޖާއެކެވެ.
އެހެންނަމަވެސް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިމިގްރޭޝަނާ ގުޅިގެން އޮޕަރޭޝަން "ކުރަނގީ" ގެ ނަމުގައި ފެށީ ތަފާތު އޮޕަރޭޝަނެކެވެ. އޭގެ ނަތީޖާ ދަނީ ފެންނަމުންނެވެ. ނުގަވާއިދުން އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅާ, ޑީޕޯޓްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދެ އެވެ. ރައީސްގެ އިރުޝާދުފުޅުގެ މަތިން ވަޒީރު އަލީ އިހުސާނާއި އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ކުރަމުންދާ މަސައްކަތުން މިހާތަނަށް 5000 އަށް ގިނަ ބިދޭސީން އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާލާފައިވެ އެވެ. ފިޔަވަޅުތައް އަޅަން ފެށުމާއެކު ވޯކް ވިސާއާއި އެފަދަ ފީތަކުގެ ގޮތުގައި އަދި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުދައްކާހުރި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަން ވަޒީރު ފާހަގަކުރައްވަ އެވެ.
ބިދޭސީން ގާނޫނުގެ ތެރެއަށް ވެއްދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެ މީހުންގެ މައުލޫމާތު އެއްކޮށް, ޕިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް ވެސް އެ އޮޕަރޭޝަންގައި ކުރިއަށްގެންދެ އެވެ. އެއާއެކު އެ ހިދުމަތް ޑިޖިޓަލައިޒް ކުރެވިގެންދާނެ އެވެ. މާލެ ސަރަހައްދުގައި ފެށި އެ އޮޕަރޭޝަން އަތޮޅު ތެރެއަށް ވެސް ފުޅާކޮށްފި އެވެ. ޑީޕޯޓްކުރާތީ އަތޮޅު ތެރެއަށް ފިލަން ދިޔަ ބިދޭސީންވެސް އަތުލައިގަނެފި އެވެ. އެ މަސައްކަތް ދިވެހިން ބަލައިގަންނަނީ ނުހަނު އުފާވެރި ހިތަކާއެކު އެވެ. ތައުރީފްކުރަމުންދަނީ ޝުކުރާއެކު އެވެ.
ބިދޭސީންގެ މައްސަލައަށް ހީނުކުރާފަދަ ހައްލެއް!
މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ގެއްލި, ދޭދޭ ފަރުދުންގެ މެދުގައި އުފެދިފައިވާ ގުޅުން ހީނަރުވެފައިވުން އަސްލު މައްސަލަ ފެށިގެން އަންނަނީ ކުށުގެ ވެށިންނެވެ. ރާއްޖޭގައި ހިނގާ ކުށްތަކުގެ ބޮޑު އިންސައްތައެއްގައި ބިދޭސީން ޝާމިލުވާއިރު ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާން ދިވެހިން ބޭނުމެވެ. އެ މަސައްކަތް ހައްލުކުރަން މީގެ ކުރީގެ ދައުރުތަކުންވެސް މަސައްކަތް ކުރި އެވެ. އެކަމަކު ދައުރު ނިމުނުއިރުވެސް އެކަމަށް ހައްލެއް ނުލިބެ އެވެ. [caption id="attachment_252656" align="alignnone" width="690"]

ކޮމެންޓް