Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިދިކޮޅު އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމްއިން އިސްވެ ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" އެއްވުމުގެ ތެރެއިން އިއްޔެ ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

އެ ހަރަކާތް ފަށައިފައި ވަނީ އިއްޔެ ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެއެވެ. ފުލުހުންގެ ބަންދުން ދޫކޮށްލުމާ އެކު މުހައްމަދު އިސްމާއީލް ވިދާޅުވީ މިއަދުވެސް "އިންޑިއާ އައުޓް" އެއްވުން އޮންނާނެ ކަމަށެވެ.

އިއްޔެ ކުރިޔަށް ދިޔަ ހަރަކާތުގރ ތެރެއިން 9 އަންހެނަކާއި 2 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނު، މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި މި ކެމްޕޭނު ކުރިއަށް ގެންދިޔުމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް